އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ލީޑަރޝިޕުން ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް ދޭނީ ލަނޑެއްކަމަށް ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.
މީގެ ތިންދުވަސް ކުރިން އިދިކޮޅުންވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުކަން ހަވާލުކޮށްފައިވާ ރައީސް ޔާމީންގެ ކެމްޕޭން ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޝްވަރާއަށް ހޯޕް ކޮންފަރެންސްގެ ނަމުގައި ކޮންފަރެންސެއް ކުރިއަށް ގެންގޮސްފައެވެ. މި ކޮންފަރެންސް ނިންމުމުގެ ގޮތުން ވަނީ ބޮޑު ޖަލްސާއެއް ރޭ ބާއްވާފައެވެ. އިދިކޮޅު ލީޑަރޝިޕްގެ ބައެއް ބޭފުޅުން ރިޔާސީ ޓިކެޓަށް ދަހިވެތިވެ އުޅުއްވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން އެ ޖަލްސާގައި ވަނީ ވާހަކަދައްކާފައެވެ.
އެގޮތުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ލިބޭނީ ހަމައެކަނި ރައީސް ޔާމީނަށްކަމަށާއި ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ޓިކެޓްގެ ދަހިވެތިކަން އޮވެގެން ނޫޅުއްވާކަމަށް ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވިއެވެ.
އެއާއި ގުޅިގެން ސައުދު މިއަދު ވިދާޅުވީ، ރައީސް ޔާމީން ޖަލަށްދާ ކޮންމެ ފަހަރަކު އިދިކޮޅުގެ ހަރަކާތްތައް ފުޅާކުރާ ކަމަށާއި އަދި ޔާމީން ޖަލުން ނުކުންނަވާއިރަށް އެ ބޭފުޅުން މާޔޫސްވާ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުން ޔާމީނަށް ދޭނީ ޓިކެޓެއް ވެސް ނޫންކަމަށާއި ދޭނީ ލަނޑެއް ކަމަށް ވެސް ސައުދު ވަނީ ވިދާޅުވެފައެވެ.
ސައުދު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމަކީ މިހާތަނަށް ރާއްޖޭގައި ފެނިގެންދިޔަ ރައްޔިތުންނަށް އެންމެ ދުއްޕާން ޖެއްސި އަނިޔާވެރި، ހިޔާނާތްތެރި ގައުމު އަޅުވެތިވި ވެރިކަން ކަމަށެވެ.

PPM/PNC ge leadership in RY ah dheynee ticketeh noon, ladeh.
— Saud Hussain (@SaudVillingili) February 5, 2023
RY jalah dhaa Konme faharaku party ge harakaithah fulhā koffa, RY geyah aeema maayoos vaa baeh.
Mihāthanah Dhivehi rayyithunah enme dhuppan jessi verikamaky RY ge aniyaveri khiyanaitheri gaumu alhuvethikuri verikan.
ސައުދު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމަކީ މިހާތަނަށް ރާއްޖޭގައި ފެނިގެންދިޔަ ރައްޔިތުންނަށް އެންމެ ދުއްޕާން ޖެއްސި އަނިޔާވެރި، ހިޔާނާތްތެރި ގައުމު އަޅުވެތިވި ވެރިކަން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު