އެމްޑީޕީގެ ހަރުދަނާ އުސޫލުތައް ވަކިބަޔަކު ބޭނުންވާގޮތަށް ވަގުތީ ބޭނުމަށް ބަދަލުކުރެވިގެން ނުވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.
އިކްރާމް މިހެން ވިދާޅުވީ ޝޯޝަލް މީޑިޔާގައި "ހަސަން ކުރުސީ" ނަމުގައި ހިންގާ ޓުވީޓާ އެކައުންޓް ހިންގާ ޓީމަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައެވެ. "ހަސަން ކުރުސީ" ނަމުގައި ހިންގާ ޓުވީޓާ އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ނުރަސްމީ ޓުވީޓާ އައިޑީއެެއް ކަމަށް ވަނީ ބެލެވިފައެވެ.
ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވީ އެމްޑީޕީއަކީ ވަކިބައެއްގެ މަސްލަހަތު އިސްކޮށް ވަކިބައެއްގެ "އިއްޒަތާއި ހައިބަތު" ބޮޑުކުރުމަށް މަސައްކަތް ކުރާ ޕާޓީއަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ވަކި ބަޔެއްގެ މަސްލަހަތަށްޓަކައި މުޅި ނިޒާމު ފުޑައިލެވިގެންނުވާނެ ކަމަށް އިކްރާމް ވިދާޅުވިއެެވެ.
"މިޕާޓީއަކީ ވަކި މީހަކު (ބަޔަކު) ބޭނުންވާ ގޮތް ނުވުމުން އެބަޔަކަށް ލިބިފައިވާ ބާރާއި ނުފޫޒު ބޭނުންކޮށްގެން މިޕާޓީ ހިނގަމުންދާ ހަރުދަނާ އުސޫލުތައް ދޫކޮށްލައި އެބަޔަކު ބޭނުންވާ ގޮތަށް ވަގުތީ ބޭނުމަކަށް އަސާސްތައް ބަދަލުކުރެވިގެންވާނެ ޕާޓީއަކަށް ވެގެން ނުވާނެއެވެ. ޢާންމު މެމްބަރުންގެ މަސްލަހަތު އިސްކޮށް ނިންމުންތަކަށް އިހުތިރާމް ކުރަންވާނެއެވެ،" އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން "ފިކުރެއްގެ ދިރުން" މި ނަމުގައި ޕާޓީގެ ވަކި ހަރަކާތެެއް ހިންގަވަން ރައީސް ނަޝީދު ކުރަށްވާ މަސަައްކަތަށް އިޝާރަތް ކުރަށްވަމުން އިކްރާމް ވިދާޅުވިއެވެ.
މީގެ އިތުރުން އިކްރާމް ވިދާޅުވީ، ޕާޓީއަކަށްވަނުމަށްފަހު އެޕާޓީއެއްގެ އަސާސީ ގަވާއިދާއި ހެދިފައިވާ އުސޫލުތަކަށް ކޮންމެ މެމްބަރަކު ވެސް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ. އިކްރާމް ވިދާޅުވީ ބޭނުންވާކަމެއް ޕާޓީގެ ތެރެއިން ނުވުމަކީ ޕާޓީގެ އަސާސްތަކާއި ދެކޮޅަށް ތެދުވެ ޕާޓީގެ އަސާސްތައް ފުނޑާލައި އަމިއްލަ މީހާ ބޭނުންވާގޮތް އިސްކޮށް ނިޒާމު ގެއްލުވާލަން ބޭނުންވާ ކަމަކަށްވެގެން ނުވާނެ ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް އަމާނަތްތެރިކަމާއެކު މިހާރު ހިންގަމުންދާ ފަދަ ހަރުދަނާ ނިޒާމުގެ ތެރެއިން އެމްޑީޕީ ހަވާލުކުރުމަކީ އެޕާޓީގެ މެމްބަރުން ކުރަންޖެހޭ ކަމެއް ކަމަށް އިކްރާމް ވިދާޅުވިއެެވެ.
އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއްގެ ގޮތުގައި"ފިކުރެއްގެ ދިރުން" ޙަރަކާތް ހިންގަވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ގެންދަވަނީ އެހަރަކާތާއި އެޕާޓީގެ މެމްބަރުން ގުޅުމަށް ދައުވަތު ދެއްވަމުންނެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެފައިވަނީ ޕާޓީގެ ތެރޭގައި ވަކި ޙަރަކާތް ނުހިންގެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ގޮފިތައް އުފެއްދުމުގެ ފުރުސަތު މެމްބަރުންނަށް އޮންނާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު