މަދަނީ މައްސަލަތަކުގައި މުއްދަތު ގުނުމުގައި ޝަރުއީ ކޯޓުތަކުން އެއް އުސޫލަކުން އަމަލު ކުރުމުގެ ބޭނުމުގައި، ދުވަސް ގުނުމުގައި އަމަލުކުރަންވީގޮތް ސުޕްރީމް ކޯޓުން ބުނެދީފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުއްދަތު ގުނުމުގައި އެއް އުސޫލަކުން އަމަލު ކުރުމުގެގޮތުން އެ ގާނޫނުގެ 424 ވަނަ މާއްދާގައިވާ ގޮތަށް މުއްދަތު ގުނާނީ، ހަތްދުވަހަށްވުރެ ދިގު މުއްދަތެއްނަމަ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމަނާ އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށެވެ.
އަދި ހަތްދުވަހަށްވުރެ ކުރު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހާއި އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށް ވެސް ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ބުނީ، މުއްދަތު ގުނާއިރު ވަކިކަމެއް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައި ވާނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން މުއްދަތުގެ ތެރޭގައި އެކަމެއް ކުރެވުނީ ކަމުގައި ބެލެވޭނެކަމަށެވެ.
އަދި ވަކިކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަން ބަޔާންކޮށް ކޯޓުން އަންގާ އެންގުންތަކުގައި އެކަމެއް ފުރިހަމަކޮށް ކޯޓަށް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި ހިމަނަންވާނެކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުތަކަށް އަންގާފައެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ސުޕްރީމް ކޯޓުން މިފަދަ އެކި މައްސަލަތަކުގައި އެކިކޯޓުތަކުން އެކި ގޮތަށް އަމަލުކުރުން ހުއްޓުވުމަށް މީގެ ކުރިންވެސް ވަނީ މިފަދަ ލަފާތައް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު