ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުން 23 ބިލެއް ހުށަހަޅާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމުގެ ކުރިން އެ ދައުރެއްގެ ތެރޭގައި ސަރުކާރުން މަޖިލީހަށް ހުށަހަޅަންޖެހޭ ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހަށް ފޮނުވައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށް ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވާފައިވާކަމަށެވެ.
ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި، ޖޭއެސްސީގެ ގާނޫނާއި ގާނޫނުލްއުގޫބާތަށް ހުށަހަޅާ އިސްލާހުތައް ހިމެނެއެވެ. މީގެއިތުރުން ރިޔާސީ އިންތިހާބާއި އާއްމު އިންތިހާބުގެ ގާނޫނަށް ހުށަހަޅާ އިސްލާހުތައް ވެސް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ މާދަމާ ހެނދުނު މަޖިލިސް ކުރާ ގޭގައި އޮންނާނެއެވެ.
މިޖަލްސާގައި ރައީސުލްޖުމްހުރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. އަދި މަޖިލީހުގެ ރަސްމީ މަސައްކަތްތަައް ފެށޭނީ އޭގެ ފަހުން އޮންނަ ޖަލްސާތަކުގައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށް ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވައިފިއެވެ. pic.twitter.com/eYszwwr4mb
— AG Office Maldives (@AGOmv) February 5, 2023
ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި، ޖޭއެސްސީގެ ގާނޫނާއި ގާނޫނުލްއުގޫބާތަށް ހުށަހަޅާ އިސްލާހުތައް ހިމެނެއެވެ. މީގެއިތުރުން ރިޔާސީ އިންތިހާބާއި އާއްމު އިންތިހާބުގެ ގާނޫނަށް ހުށަހަޅާ އިސްލާހުތައް ވެސް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ މާދަމާ ހެނދުނު މަޖިލިސް ކުރާ ގޭގައި އޮންނާނެއެވެ.
މިޖަލްސާގައި ރައީސުލްޖުމްހުރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. އަދި މަޖިލީހުގެ ރަސްމީ މަސައްކަތްތަައް ފެށޭނީ އޭގެ ފަހުން އޮންނަ ޖަލްސާތަކުގައެވެ.
ކިޔުންތެރިންގެ ހިޔާލު