ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 79 އަހަރުގައި މުޝައްރަފު އަވަހާރަވީ ދިގު މުއްދަތަކަށް އަލާސްކަންފުޅާއި އުޅުއްވުމަށްފަހު ދުބާއީގެ ހޮސްޕިޓަލެއްގައި މިއަދުގެ ވަގުތެއްގައެވެ.
1999 ވަނަ އަހަރު ލޭއޮހޮރުވުމެއް ނެތް އަސްކަރީ ބަގާވާތަކަށްފަހު 10 ވަރަކަށް އަހަރު ވަންދެން މިލިޓަރީ ޖެނެރަލެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި މުޝައްރަފް ވަނީ ޕާކިސްތާނުގައި ވެރިކަންކުރައްވާފައެވެ. 2008 ވަނަ އަހަރު މުޝައްރަފު މަގާމުން ދުރުކުރުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުގައި ފެށުމުން އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވުމަށް ފަހު ގައުމުން ބޭރަށް ވަޑައިގެންފައެވެ. އޭގެފަހުން މުޝައްރަފު އެނބުރި ގައުމަށް ވަޑައިގެންފައެއް ނުވެއެވެ.
މުޝައްރަފްގެ އާއިލާއިން ދަނީ އޭނާގެ ހަށިގަނޑު ޕާކިސްތާނަށް ގެނައުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު