‏މާލޭ ސިޓީ ކައުންސިލުގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިފިއެވެ.

ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއެވެ.

އެ ސެކްޝަން ހުޅުއްވައިދެއްވުމަށްފަހު މޭޔަރ މުއިއްޒު ވިދާޅުވީ މިއަދު ހުޅުވިގެންދިޔަ ވޭސްޓް މެނޭޖްމަންޓް ސެކްޝަން އޮފީހަކީ މާލޭ ސިޓީ ކައުންސިލުން މާލެ ސިޓީ ކުނި ކަހާ ސާފުކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށެވެ.



މޭޔަރ ވިދާޅުވީ މާލެ ސިޓީ ކުނިކަހާ ސާފުކުރުމުގެ މަސައްކަތުގެ އިދާރީ، އޮޕަރޭޝަނަލް އަދި މެނީޖީރިއަލް އެންމެހާ ކަންކަން ބަލަހައްޓަމުންދާނީ މި އޮފީހުންކަމަށެވެ.

މިދިޔަ ޑިސެމްބަރުމަހުން ފެށިގެން މާލެ ސިޓީގެ ކުނިކަހާ ސާފުކުރަމުގެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލުންނެވެ. ނަމަވެސް މިއީ ވެމްކޯއިން ކުރިން ކުރަމުންދިޔަ މަސައްކަތެކެވެ.

މާލެ ސިޓީގެ މަގުތަކުގެ ކުނިކެހުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިނަމަވެސް، މާލޭގެ ގެތަކުން ކުނި ނެގުމުގެ މަސައްކަތް އަދިވެސް ކުރަނީ ވެމްކޯއިންނެވެ.



ކިޔުންތެރިންގެ ހިޔާލު