ނ.ހެނބަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެއެވެ.

މި މަސައްކަތް ކުރިއަށްގެންދާ އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ ނ.ހެނބަދޫގައި ކުރިއަށްގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %80 މަސައްކަތް ނިމިފައިވާކަމަށެވެ.

މިގޮތުން، ފެނުގެ ނިޒާމްގައި ހިމެނޭ 4.83 ކިލޯ މީޓަރގެ ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި،

ފެން ރައްކައުކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތައް ވަނީ ނިމިފައިވާކަމަށް އެމްޓިސީސީން ބުނެއެވެ.

މީގެ އިތުރުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި އާރ.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތަކުގެ ބޮޑު ބެއް މިހާރު ވަނީ ނިމިފައެވެ. ހަމަ މިއާއިއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު

މި ރަށަށް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.



ހެނބަދޫގެ ފެނުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫޢުގެ އަގަކީ 41.36 މިލިއަން ދިވެހި ރުފިޔާއެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހެނބަދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު