ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލަން ލޭއޮހޮރުވަން ގޮވާލި މާލެ ސިޓީ ކައުންސިލުގެ ތަރުޖަމާނު، މަރިޔަމް ޝިއުނާގެ ޓްވިޓާރ އެކައުންޓް ސަސްޕެންޑްކޮށްފިއެވެ.
"ނަންނަޒީވް"ގެ ނަމުގައި ހިންގާ މި ޓްވީޓަރ އެކައުންޓް ސަސްޕެންޑްކޮށްފައިވަނީ އެ އެކައުންޓުން ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓްކުރި މައްސަލަ ފެންމަތިވި ފަހުން ކަމަށްވާތީ ބޮޑަށް ބެލެވެނީ އޭނާގެ އެކައުންޓް ސަސްޕެންޑް ކުރީ އެކަމާ ގުޅިގެން ކަމަށެވެ.
އޭނާގެ ޓްވީޓްގައި ވަނީ "ޓްވީޓްކުރަން ތިބެގެން ވާކަށް ނެތް. ލޭއޮހޮރުވުމަކުން ވެސް ބަދަލުކުރަންވެއްޖެ،" ކަމަށެވެ.
ޝިއުނާގެ ޓްވީޓްގެ މައްސަލަ ފުލުހުންވެސް އަންނަނީ ބަލަމުންނެވެ.
ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޝިއުނާގެ ޓްވީޓްގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އޭނާގެ އެ ޓްވީޓާ ގުޅިގެން ވަރަށް ގިނަ ބަޔަކު ފާޑުކިޔާފައި ވެސް ވެއެވެ. އަދި ޓްވިޓައިން ޝިއުނާގެ އެކައުންޓް ސަސްޕެންޑްކުރީ ގިނަ އަދަދެއްގެ ބަޔަކު އެ މައްސަލަ ރިޕޯޓްކުރުމުންކަމަށް ބެލެވެއެވެ.
ސޯޝަލް މީޑިއާގައި މީގެކުރިންވެސް މިފަދަ ހަމަނުޖެހުންތަކަށް ހިތްވަރުދީކޮށްފައިވާ ޓްވީޓްތަކުގެ މައްސަލަ ފުލުހުން ބަލާފައި ވެއެވެ. މިގޮތުން ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ކުރި ޓްވީޓަކާއި ގުޅިގެން ވަރަށް ފަހުން އޭނާ ހައްޔަރުވެސްކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު