އަހުމަދު މަސްނޫމް   5 ފެބްރުއަރީ 2023 - 9:37
ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ލަންކާގެ ރައީސާއި ބޮޑު ވަޒީރާއި ބައްދަލުކުރައްވައިފިއެވެ.

މި.ބައްދަލުކުރެއްވުން އޮތީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު ލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށެެވެ. އަދި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއާވެސް ބައްދަލުކުރެއްވިއެވެ. އަދި މުހިއްމު ކަންކަމާއި ގުޅޭގޮތިުން ވަނީ މަޝްވަރާކުރައްވާފައެވެ.



ޝާހިދު ލަންކާއަށް މި ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ 75 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ ލަންކާގައި އުޅޭ ދިވެހިންނާއިވެސް ބައްދަލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު