ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެލުގެ ޙިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
ފިއުލް ސަޕްލައިޒް މޯލްޑިވްސް، އެފް.އެސް.އެމް މެދުވެރިކޮށް މަސްވެރިންނަށް ފެލިވަރުން ތެޔޮ ފޯރުކޮށްދިނުމަކީ ރައީސް ސާލިހުގެ ވައުދެކެވެ.
މިފްކޯގެ ސައިޓް ތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމަށް އެފްއެސްއެމްއަށް ޙަވާލުކޮށްފައިވަނި މިދިޔަ މަހުގެ 3 ވަނަ ދުވަހުގައެވެ.
މި އެއްބަސްވުމުގެ ދަށުން އެފް.އެސް.އެމުން އަންނަނީ ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ތެޔޮ ވިއްކަމުންނެވެ. އަދި އިއްޔެ ވަނީ ފެލިވަރު ކޮމްޕްލެކްސްއިންވެސް މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައެވެ.
އެފް.އެސް.އެމުން ބުނީ އެ ކުންފުނީގެ އަމާޒަކީ މަސްދޯނިތަކަށް ތެޔޮ އެޅުމަށްޓަކައި މިހާރު ހޭދަވާ ވަގުތުކުޑަކޮށް، ވީހާވެސް އަވަހަށް އެ ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ.
މިފްކޯއިން ބުނީ މި ބަދަލާއެކު ހުރިހާ ދޯނިތަކުން އެފް.އެސް.އެމްއާއި އެކީގައި ކްރެޑިޓް އެއްބަސްވުމެއް ހަދާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ދޯނި ފަހަރަށް އެފް.އެސް.އެމްއިން ކްރެޑިޓް ދޭނެ ކަމަށްވެސް މިފްކޯއިން މަޢުލޫމާތުދެއްވައެވެ.
މިފްކޯއިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.63ރ. އަށެވެ. މިރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދަނީ މިފްކޯގެ މަސް ބޯޓުތަކުންނާއި، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު