އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އާބާތުރަ ފިލުވުމުގެ މަޝްރޫއަކީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމުގެ ރަމްޒެއްކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ، މަރާމާތަށް ބަންދުކުރިފަހުން ގިނަ ދުވަސްތަކެއްފަހުން މިރޭ އޮލިމްޕަސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ، މި މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުނީ ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ފޮރިން މިނިސްޓްރީއާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އޭކަމަނާގެ ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މި މަޝްރޫއަކީ އިންޑިއާއާއި ރާއްޖޭގެ ޒަމާންވީ ގުޅުން ރަމްޒު ކޮށްދޭނެ މަޝްރޫއެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދާއިރާއިން އިންޑިއާއިން ކޮށްދެމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. ސަފީރު ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި ކުރިމަގުގައި ވެސް ދިވެހި ސަރުކާރާއި ގުޅިގެން އިތުރު ސްކްރީންތަކާއި މިއުޒިކް ފެސްޓިވަލްތައްފަދަ ހަރަކާތްތައް ރާއްވަވާނެކަމަށެވެ.
އޮލިމްޕަސް މަރާމާތު ކުރުމުގެ މަޝްރޫއަކީ އިންޑިއާ ސަރުކާރާއި ދެމެދު ވެވުނު "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން އިންޑިއާއިން ދިން އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއި ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަގައެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނުގެ އިތުރުން ފިލްމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ގިނަ ފަންނާނުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު