ޕްރޮގުރެސިވް ކޮންގުރެސް ކޯލިޝަންގެ ލީޑަރޝިޕްގައި ވެރިކަން ބޭނުންވެގެން އުޅުއްވާ އެއްވެސް ބޭފުޅަކު ނެތް ކަމަށް އެކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް އަބުދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "ހޯޕް ކޮންފަރެންސް" ނިންމުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިންގެ ނަންފުޅު ވޯޓް ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމިން މިނިވަން ނުވާނެ ކަމަށާއި އެމަނިކުފާނު ހުންނަވާނީ ޖަލުގައި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް ގަދަބަސް ވިދާޅުނުވުމަށް އަދުރޭ ވަނީ ގޮވާލައްވާފައެވެ.
އަބުދުއްރަޙީމް ވިދާޅުވީ އީމާންވަނީ މާތް ﷲ އަށް ކަމަށާއި، އެކަލާނގެ އިރާދަކުރަށްވާ ކަމެއް ވަގުތު ޖެހުމުން ލަހެއް ފަހެއްނުވާނެ ކަމަށެވެ. އަދި ޕީޕިއެމްގެ ލީޑަރޝިޕްގައި ވެރިކަން ބޭނުންވެެގެން އުޅޭ ބޭފުޅަކު ނެތް ކަމަށާއި އެބޭފުޅުން ބޭނުންވަނީ ރައީސް ޔާމިން ވެރިކަމަށް ގެނައުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
"މިބޭފުޅުން އައިސް މިތާގައި މި ތިއްބަވަނީ އެބޭފުޅުން އެ ވިދާޅުވަނީ ރައީސް ޔާމީން އޭ ވެެރިކަމަށް ގެންނަން މިއުޅެނީ، އެ ނޫން ޗޮއިސް އެއް ބޭނުމެއް ނޫނޭ. ހެއުވެރިކަމުގެ ނިޒާމް މިގައުމުގައި ގާއިމްކުރެއްވީ ރައީސް ޔާމީނޭ. އެގަޓު ހުރި އެ ހިތްވަރު ހުރި އެ ކެރުން ހުރި އެ ތަސައްވަރު ހުރި ލީޑަރަކަށޭ ތިމަންނަމެން ތާއިދުކުރަނީ. ވެރިކަން ބޭނުންވެގެން ނޫނޭ މިތަނަށް އައިސް މި ތިބީކީ،" ޕީޕިއެމް ރިޔާސީ ޓިކެޓާ ގުޅޭގޮތުން "ރަސްއޮންލައިން" އިން ޝާއިއު ކުރި ރިޕޯޓަކަށް ފާޑުވިދާޅުވެ ވަރަށް ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން އަަބުދުއްރަޙީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ އިދިކޮޅުން ފެށި ހޯޕް ކޮންފަރެންސް އިދިކޮޅު އެމްޑީޕީއާއި ސަރުކާރަށް ހަަޖަމު ނުކުރެވުނު ކަމަށެވެ. އަދި ބަޔަކަށް ހަޖަމުނުކުރެވުނަސް އެކަން ހުއްޓާލާނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ އިންޑިޔާގެ މުށުތެރެޔަށް މިޤައުމު ދޫކޮށްލާ މަންޒަރު ބަލަން ޕީޕީއެމުން ނުތިބޭނެ ކަމަށެވެ. އަދި ޕީޕިއެމްގައި ތިބީ ދިވެހި އަބުތާލުންގެ ލޭ ހިނގާ ދިވެހި ދަރިން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އިންސާފުވެރިގޮތަށް އިންތިހާބު ކާމިޔާބު ކުރުމުގެ ފޯމިއުލާ އޮތީ ޕީޕީއެމް އަތުގައި ކަމަށެވެެ. އަދި ކެރިވަޑައިގަންނަވާނަމަ ރައީސް ޔާމިނާ ވާދަކުރެއްވުމަށް ފުރުސަތު ދިނުމަށް އަދުރޭ ވަނީ ރައީސް ސާލިޙަށް ގޮވާލައްވާފައެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ހައްޤުވަނީ ހަމައެކަނި ދޮން ބަންޑާރައިންގެ ލަޤަބު ނޫން ކަމަށެވެ. އަދި އުތީމު މަހާރަދުންގެ ލަޤަބުވެސް އެމަނިކުފާނަށް ދޭންޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭގެ ވާހަކައިގައި ރައީސް ޔާމީނާއި ކުޅެން ނޫޅުމަށް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު