ރާއްޖޭގެ ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރިގޮތަކީ ވެރިކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެނައުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިއަދު ވިދާޅުވީ، ‏އެމްޑީޕީގެ އާންމު މެންބަރުން ވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާފައި ކަމަށާއި ރައީސް ޞާލިޙަކީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިފައިވާ ލީޑަރެއް ކަމަށެވެ.

އެހެންކަމުން ގައުމާއި ރައްޔިތުންނަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ކަށަވަރު ކޮށްދިނުން ކަމަށް ސައުދު ވިދާޅުވިއެވެ.



ސައުދު މިހެން ވިދާޅުވިއިރު މިިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދާއި ވާދަކކުރަށްވައި ރައީސް ޞާލިޙް ވަނީ ބޮޑު ތަފާތަކުން ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައެވެ. ނަމަވެސް، ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ގެންދަވަނީ ވަކި ސިޔާސީ ހަރަކާތެއް އެމްޑީޕީތެރޭ އުފަންކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު