މާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ހާމަކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މާލޭގައި މިރޭ ހަވާ އަރުވަނީ އަމިއްލަ ފަރާތަކުން އެދިގެން ކަމަށެވެ. އެއީ ކޮންފަރާތެއް ކަމެއް އެމްއެންޑީއެފުން ނުބުނެއެވެ. އެގޮތުން ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ސޯލްޓް ރެސްޓޯރަންޓާ ދިމާގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހަވާ އެރުވުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ހާއިރު އެވެ. ހަވާ އެރުވުން ކުރިއަށް ގެންދާނީ ޖުމްލަ ތިން މިނެޓަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ރާއްޖޭގައި ހަވާ އެރުވުމަކީ އެމްއެންޑީއެފުން އުފައްދާފައިވާ ކުންފުންޏަކުން ވިޔަފާރި އުސޫލުން ކޮށްދޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު