ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަން، އީސީން ނިންމި ނިންމުން ބާތިލްކުރަން ހައިކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފަައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. ޑީއާރުޕީ އުވާލަން ނިންމާފައިވާތީ އެ ޕާޓީގެ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގަން އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވަނީ އަންގާފަައެވެ.
މެމްބަރުން ހަމަ ކުރަން ވަކި މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލަން ވާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވެއެވެ. މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އުވާލަން ނިންމުމުން އެޕާޓީން ވަނީ އެމައްސަލަ ހަައިކޯޓަށް ހުށައަޅާފައެެވެ.
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ހައި ކޯޓަށް ހުށަހެޅުމުން ބޭރުކޮށްލާފައިވަނީ އެއީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައެޅުމަށްފަހުއެެވެ.
ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ، ޑީއާރްޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު އިސްކޮށް ހުންނަވައި އުފެއްދެވި ޕާޓީއެކެެވެ.
ޑީއާރްޕީގެ މިހާރުގެ ލީޑަރަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ކިޔުންތެރިންގެ ހިޔާލު