ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ބޯޑާ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ސްރީލަންކާގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ބަައިވެރިވެވަޑަައިގެންނެވިއެވެ. މިއަދު ސޮއިކުރި އެއްބަސްވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ލަންކާއާއި ރާއްޖޭގެ ސަރުކާރުގެ ގުޅުން ހަރުދަނާވާނެ ކަމަށެވެ.
ޝާހިދު ލަންކާއަށް ވަޑައިގަތީ އެގައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. ލަންކާ ސަރުކާރުން ދިން ހާއްސަ ދައުވަތަކަށް ޝާހިދު ކުރަށްވާއެ ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ ލަންކާގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި ދެ ގައުމާ ގުޅުންހުރި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، ރާއްޖެ-ލަންކާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ވެސް ކުރައްވާފައިވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

The MoU on Immigration Matters signed between Maldives and Sri Lanka today will pave the way for greater institutional cooperation between 🇲🇻 & 🇱🇰 on matters related to border security.
— Abdulla Shahid (@abdulla_shahid) February 4, 2023
Congratulations to our Immigration officials on this new chapter of cooperation pic.twitter.com/1FuBSWkZLx
ޝާހިދު ލަންކާއަށް ވަޑައިގަތީ އެގައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. ލަންކާ ސަރުކާރުން ދިން ހާއްސަ ދައުވަތަކަށް ޝާހިދު ކުރަށްވާއެ ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ ލަންކާގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި ދެ ގައުމާ ގުޅުންހުރި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، ރާއްޖެ-ލަންކާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ވެސް ކުރައްވާފައިވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު