ފިތުނަވެރިކަމަކީ މައުސޫމް އެތައް ބަޔަކަށް އޭގެ ސަބަބުން ގެއްލުންވާ ކަމެއްކަމަށާއި އެހެންކަމުން ފިތުނައިން ސަލާމަތްވެ ތިބުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ވިދާޅުވީ، މާތް ﷲ އެންމެ ބޮޑަށް ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ފިތުނަވެރިކަން ހިމެނޭކަމަށެވެ. އަދި ފިތުނަވެރިކަމުގެ ތެރޭގައި ދޮގު ފެތުރުން ހިމެނޭ ކަމަށާއި ފިތުނައިގެ ސަބަބުން އެތައް އާއިލާއަކާއި ޖަމާއަތްތަކާއި އެކުވެރިން ރޫޅިގެން ގޮސްފައިވާ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ފިތުނަވެރިކަމަކީ މަޢުސޫމް އެތައް ބަޔަކަށް އޭގެ ސަބަބުން ގެއްލުންވާ ކަމެއްކަމަށްވާތީ އެފަދަ ކަންކަމުން މުސްލިމުން ދުރުހެލިވެ ތިބެންޖެހޭ ކަމަށެވެ.



މީސްމީޑިއާގައި ޝަހީމް މިފަދަ ނަސޭހަތެއް ހިއްސާ ކުރެއްވިއިރު މި ދުވަސްވަރަކީ މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކަކު އަނެކަކަށް އިތުބާރު ނުހިފޭ އެތައް ވާހަކައެއް ދައްކަމުންދާ ދުވަސްވަރެކެވެ. ސިޔާސީ ވާދަވެރިކަމުގައާއި ޒާތީ ކަންކަމުގެ ސަބަބުން ވެސް ހާއްސަކޮށް މިދުވަސްވަރު މިފަދަ ކަންކަން މީސްމީޑިއާގައި ތިލަވެ ހިނގަމުންދާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު