އއ. މަތިވެރިން ގެއްލުނު އުމުރުން 73 އަހަރުގެ ހަސަން ޢަލީ (ހަސަންފުޅު) ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާކަމަށް ފުލުހުން ބުނެފިއެވެ.

އާންމުކޮށް ދާ އަޅައިގެން މަސްހިފަން ގޮސް އުޅޭ އުމުރުން 73 އަހަރުގެ ހަސަންފުޅު ގެއްލިގެން ހޯދަން ފެށީ މިދިޔަ އަންގާރަ ދުވަހުއެވެ.

އޭނާ ހޯދުމުގެ މަސައްކަތާއި ގުޅޭގޮތުން ފުލުހުން މިއަދު ބުނީ، އޭނާ ހޯދުމަށް ރަށުގެ ފަޅުތެރެ ޑައިވް ކޮށްގެން ބެލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ. އޭގެ އިތުރުން، ފަޅުގޯތިތަކާ މީހުން ދިރިއުޅޭ ގެތަކުގެ އިތުރުން ރަށުގެ ހުރިހާ ސަރަހައްދެއްވެސް މިހާރު ވާނީ ބަލާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާކަމަށާއި ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާ ގުޅިގެން ހުއްޓާނުލާ ކުރިއަށްދާ ކަމަށެވެ.

ހަސަންފުޅު އެންމެ ފަހުން ފެނިފައި ވަނީ އަންގާރަދުވަހުގެ ރޭގެ މަޣުރިބް ނަމާދުން ފޭބިވަގުތެވެ. އޭނާ އަކީ ސިއްހީ މައްސަލައެއް ހުންނަކަމަށް ފާހަގަ ކުރެވިފައިވާ މީހެއް ނޫންކަމަށް ވެސް ފުލުހުން ބުނެެއެވެ.



ކިޔުންތެރިންގެ ހިޔާލު