ސްވިޓްޒަލޭންޑްގައި ބާއްވާ ފެސްޕޯ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިމަހުގެ 2 އިން 5 އަށް ކުރިއަށްދާ މި ފެއަރގައި އެމްއެމްޕީއާރުސީން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ލަގްޒަރީ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި ޕްރޮޑަކްޓްތައް މާކެޓްކުރާނެއެވެ.
ސްވިޓްޒަލޭންޑްގެ ޒުއިރިޗްގައި ކުރިއަށްދާ މި ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާ ހަރަކާތެކެވެ.
މި ހަރަކާތަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ޒިޔާރަތްކުރާއިރު، ގާތްގަނޑަކަށް 60،000 މީހުން ފެއަރއަށް ޒިޔާރަތްކުރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މި ހަރަކާތުގައި އެމްއެމްޕީއާރުސީ އާއެކު އިންޑަސްޓްރީގެ 12 ޕާޓްނަރުން ބައިވެރިވާއިރު އެމްއެމްޕީއާރުސީން ބުނީ މި ހަރަކާތުގެ ޒަރިއްޔާއިން ސްވިސް މާކެޓުގައި ރާއްޖޭއާ މެދު ހޭލުންތެރިކަން އިތުރުކޮށް، ޓްރެވަލް ޓްރޭޑް އާއި މި މާކެޓުން ރާއްޖެއަށް ދަތުރުކުރަން ބޭނުންވެފައި ތިބި ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ފަތުރުވެރިކަމުގެ ފުރުސަތުތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެވޭނެކަމަަށެވެ.
ސްވިޓްޒަލޭންޑްއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 މާކެޓުގެ ތެރޭގައި ހިމެނޭ އެއް މާކެޓެވެ. މިދިޔަ އަހަރުގެ ތެރޭގައި ސްވިޓްޒަލޭންޑްއިން ވަނީ ރާއްޖެއަށް 34،737 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު