ސްޓެލްކޯއިން ތަރައްޤީކުރުމަށް ނިންމާފައިވާ 100 މެގަވޮޓްގެ އިންޖީނުގޭގެ ފައިނޭންސްއާ ގުޅޭ ކަންކަމާއި ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުން ހުއްދަ ލިބުނުހާ އަވަހަކަށް އެ މަސައްކަތް ފަށާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ތަރައްޤީކުރުމަށް ނިންމާފައިވާ 100 މެގަވޮޓްގެ އިންޖީނުގޭގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.
ޝަރީފް ވިދާޅުވީ މި މަޝްރޫޢުގެ ފައިނޭންސިން މޮޑެލް ތައްޔާރުކޮށް، ފިނޭނެސް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި މިނިސްޓްރީން ހުއްދަ ލިބުމުން އެ މަސައްކަތް ފަށާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ލިބެންޖެހޭ ހުއްދަތައް ލިބިގެން ކުރިއަށްއޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
"ފައިނޭންސިން މޮޑެލް ހުށައަޅާފައިވަނީ. އިކޮނޮމިކް ކައުންސިލްގެ އެޕްރޫވަލް ލިބުނުހާ އަވަހަށް މަސަައްކަތް ފަށާނަން." ޝަރީފް ވިދާޅުވިއެވެ.
މާލެއަށް ދުވާލަކު 84 މެގަވޮޓްގެ ކެޕޭސިޓީގެ ކަރަންޓު ބޭނުންވާއިރު މާލެ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާތަނަށް 100 މެގަވޮޓާ ގާތްކުރާ އަދަދަކަށް ވަނީ އިންޖީނު ބަހައްޓާފައެވެ.
ސްޓޭލްކޯގެ "ސިކްސްތް ޕަވަރ ޕްރޮޖެކްޓް" ނުވަތަ، ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ 100 މެގަވޮޓްގެ އިންޖީނުގޭގެ މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަކަތަައިގެ އެންމެ ބިޔަ މަޝްރޫއެވެ.
މި ޕްރޮޖެކްޓް އެ ކުންފުނިން އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. މި މަޝްރޫޢު ކުރިއަށްގެންދާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސްޓޭލްކޯއިން ތަރައްޤީކުރި "ފިފްތް ޕަވަރ ޕްރޮޖެކްޓް" އިންޖީނުގެއާ، އިންވެގެން އޮތް ބިމުގައެވެ.

ކިޔުންތެރިންގެ ހިޔާލު