ސްރީލަންކާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަހުނިޔާ ފޮނުއްވައިފިއެވެ.

ސްރީލަންކާގެ 75 މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސާލިހު ކުރެއްވި ތަހުނިޔާގެ ޓްވީޓްގައި ވަނީ ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

ރައީސް ސާލިހުގެ ޓްވީޓްގައި ވަނީ ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ދެމުގައި އޮތް އަހުވަންތަ ގުޅުން އެގޮތުގައި ދެމިއޮންނާނެކަމަށްވެސް ވިދާޅުވިއެވެ.



ސްރީލަންކާގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހެވެ.

ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް މިއަހަރު ގިނަ ހަރަކާތްތަކަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ސްރީލަންކާގެ މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ލަންކާއަށް ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު