ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.
ޝާހިދު، މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ޝާހިދު ވިދާޅުވީ ރާޖަޕަކްސައާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން ދެ ގައުމުން އިސްކަންދޭ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ޝާހިދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި އެ ޤައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނަ އަދި އެ ޤައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީއާ ބައްދަލުކުރައްވާނެއެވެ.
މީގެއިތުރުން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ ޤައުމުގައި އުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ނިންމާފައެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލް، ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

Had a good discussion with former Prime Minister of Sri Lanka @PresRajapaksa on issues of mutual interest for our countries.
— Abdulla Shahid (@abdulla_shahid) February 3, 2023
The #Maldives is grateful for the strong bond of friendship between our two nations. pic.twitter.com/QWoB64j2Kw
މިނިސްޓަރ ޝާހިދު ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި އެ ޤައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނަ އަދި އެ ޤައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީއާ ބައްދަލުކުރައްވާނެއެވެ.
މީގެއިތުރުން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ ޤައުމުގައި އުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ނިންމާފައެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލް، ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު