މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑަށް ބިލިއަނެއްހާ ރުފިޔާ ލިބުނުކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ގްރީން ފަންޑަށް ޖުމްލަ ލިބިފައިވަނީ 972 މިލިއަން ރުފިޔާއެވެ. އަދި އެކި މަޝްރޫޢުތަކަށް ގްރީން ފަންޑުން މިދިޔަ އަހަރު 908 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އެންމެ ގިނަ އަދަދަކަށް ގްރީން ފަންޑަށް ފައިސާ ޖަމާވެފައިވަނީ މާރިޗުމަހުއެވެ. އެގޮތުން އެމަހު 105 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވެއެވެ.
ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. 2016 ވަނަ އަހަރު ނަގަން ފެށި ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައިވަނީ ގްރީންޓެކްސްގެ ގޮތުގައި ނަގާ މިންވަރު އިތުރުކުރުމަށް ނިންމާފައެވެ. އެގޮތުން ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ މަދުން ކޮޓަރި ރެޖިސްޓަރ ކޮށްފައިވާ ތަންތަނަށް އަންނަ ފަތުރުވެރިންގެ އަތުން އެތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނެގުމަށްވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ވަނީ ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ގްރީން ފަންޑުން އަންނަ އަހަރު ކައުންސިލްތަކަށް ފައިސާ ދޫކުރުމަށްވެސް ނިންމާފައެވެ.
ގްރީން ފަންޑުން މިހާރު މައިގަނޑުގޮތެއްގައި ހަރަދުކުރަނީ ގޮނޑުދޮށް ހިމާޔަތްކުރުމާއި ސާފު ބޯފެނާއި ނަރުދަމާއާ ގުޅުންހުރި މަސައްކަތްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު