ދައުލަތުގެ ހަރަދުތައް ކުޑަކުރަން އަންގައި ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާ އަކީ އިގްތިސާދު މެނޭޖްކުރަން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރަން އަންގައި ފިނޭންސުން ނެރުނު ސާކިއުލާއަކީ ތަރައްގީގެ ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދިޔުމާއި ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކާއި ތަކެތީގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން އިގްތިސާދު މެނޭޖްކުރަން އެޅި ފިޔަވަޅެއް ކަމަށެވެ.
މިއުވާން ވިދާޅުވީ ސާކިއުލާގައި ސަރުކާރުގެ ޕްރޮޖެކްޓްތައް ހުއްޓާލައި މުވައްޒަފުން ނުނެގުމަށް އަންގައިފައިނުވާ ކަމަށެވެ. އަދި އެ ސާކިއުލާގައި އަންގައިފައިވަނީ ފިނޭންސް މިނިސްޓްރީގެ ލަފަޔާއެކު ޚަރަދުތައް ކުރުމަށް ކަމަށް މިއުވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފިނޭންސުން ނެރުނު ސާކިއުލާއަށް ކައުންސިލުތަކުން އަމަލު ކުރަން ނުޖެހޭނެކަމަށެވެ.
މިއުވާން ވިދާޅުވީ ރާއްޖޭގައި ޚަރަދުކުޑަކުރަން އަންގައި ސާކިއުލާތައް ނެރުމަކީ އާ ކަމެެއް ނޫން ކަމަށެވެ. މީގެ ކުރީގެ ސަރުކާރު ތަކަށް ދިމާވި އިގްތިސާދީ ހާލަތުން އަރައިގަތުމަށް ވެސް އެފަދަ ސާކިއުލާތަށް ނެރެފައިވާ ކަމަށް މިއުވާން ވިދާޅުވިއެެވެ.
"އެނގިވަޑައިގަންނަވާނެ ދުނިޔޭގެ އިގްތިސާދު އަދި މުޅިއަކުން ހަމަޔަކަށް ނޭޅޭ، އަޅުގަނޑުމެންގެ މި އިގްތިސާދު ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ ބޮޑަށް ކުރިއަރައިގެންދާ މިންވަރާއި މެނޭޖްކުރެވެމުންދާ މިންވަރު ރަނގަޅުވި ކަމުގައި ވީނަމަވެސް މީގައި އަޅުގަނޑުމެން ޕްރިޝިކިޔުޝަން ތަކެއް ނަގަން އެބަޖެހޭ. އިގްތިސާދު ރަނގަޅަށް މެނޭޖްކުރެވުމަކީ ކުރިއަށް އޮތްތަނުގައި ވެގެންދާނެ ގޮތް ލަފާކޮށް އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން." މިއުވާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު