ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް ޖަލުން ސަލާމަތްކުރުމަށްވުރެ ޕީޕިއެމްގެ ލީޑަރޝިޕުން މަސައްކަތް ކުރަނީ އެހެން މަގުސަދެއް ހާސިލްކުރުމަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަަބުދުﷲ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު ވަނީ ބޮޑު ހިނގާލުމެއް ބާއްވާފައެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެ ހިނގާލުމުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ލިޔެފައިވާ ބޮޑު ބެނާއެއް ހިފައިގެން ކުރީގައި ތިއްބެވީ ޕީޕީއެމް / ޕީއެންސީގެ އިސް ބޭފުޅުންނެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ އިޚުލާސްތެރިކަމާއެކު ރައީސް ޔާމިން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ބޭފުޅުންނަށްވުރެ ޕީޕިއެމްގެ ލީޑަރޝިޕްގައި ގިނައީ އެހެން މަގުސަދެއް ހާސިލް ކުރަން އުޅުއްވާ ބޭފުޅުން ކަމަށެވެ.
"އިޚުލާސްތެރިކަމާއެކު ރައީސް ޔާމިން ސަލާމަތް ކުރުމަށް އުޅުއްވާ ބޭފުޅުންނަށްވުރެ ލީޑަރޝިޕްގައި ގިނައީ އެހެން މަގުސަދެއް ހާސިލްކުރަން އުޅުއްވާ ބޭފުޅުންކަން އެއް ދުވަހުން އަނެއް ދުވަހަށް ހާމަވާ މިންވަރު ބޮޑުވަމުން އެބަދެއެވެ." މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތާއި މަނީލޯންޑަރ ކުރުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވުމާއި ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ވަނީ އިއްވާފައެވެ. ރައީސް ޔާމިން މައްޗަށް ހުކުމް ކުރި ދުވަހުން ފެށިގެން އިދިކޮޅު ޕީޕިއެމުން އަންނަނީ ކޮންމެ ރެއަކު ވެސް މުޒާހަރާތައް ބާއްވަމުންނެވެ. އެ މުޒާހަރާތަކުގައި އެންމެ އިސްސަފުގަައި ތިއްބަވަނީ ޕީޕިއެމްގެ ލީޑަރޝިޕްގެ އިސްބޭފުޅުންނެެވެ. ޔާމިންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފައިވާއިރު އަދިވެސް އެމައްސަލަ އިސްތިއުނާފަށް ހުށައަޅާފައެއް ނުވެއެވެ.

Ikhlaastherikamaaeku RY salaamaiy kurumah ulhuhvaa beyfulhunnahvure, leadeship gai ginaee ehen maqsadheh haasilkurahvan ulhuhvaa beyfulhunkan ehdhuvahun anehdhuvahah haamavaa mivaru boduvamun eba dhe’eve.
— Imran Abdulla (@ShimranAb) February 3, 2023
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ އިޚުލާސްތެރިކަމާއެކު ރައީސް ޔާމިން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ބޭފުޅުންނަށްވުރެ ޕީޕިއެމްގެ ލީޑަރޝިޕްގައި ގިނައީ އެހެން މަގުސަދެއް ހާސިލް ކުރަން އުޅުއްވާ ބޭފުޅުން ކަމަށެވެ.
"އިޚުލާސްތެރިކަމާއެކު ރައީސް ޔާމިން ސަލާމަތް ކުރުމަށް އުޅުއްވާ ބޭފުޅުންނަށްވުރެ ލީޑަރޝިޕްގައި ގިނައީ އެހެން މަގުސަދެއް ހާސިލްކުރަން އުޅުއްވާ ބޭފުޅުންކަން އެއް ދުވަހުން އަނެއް ދުވަހަށް ހާމަވާ މިންވަރު ބޮޑުވަމުން އެބަދެއެވެ." މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތާއި މަނީލޯންޑަރ ކުރުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވުމާއި ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ވަނީ އިއްވާފައެވެ. ރައީސް ޔާމިން މައްޗަށް ހުކުމް ކުރި ދުވަހުން ފެށިގެން އިދިކޮޅު ޕީޕިއެމުން އަންނަނީ ކޮންމެ ރެއަކު ވެސް މުޒާހަރާތައް ބާއްވަމުންނެވެ. އެ މުޒާހަރާތަކުގައި އެންމެ އިސްސަފުގަައި ތިއްބަވަނީ ޕީޕިއެމްގެ ލީޑަރޝިޕްގެ އިސްބޭފުޅުންނެެވެ. ޔާމިންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފައިވާއިރު އަދިވެސް އެމައްސަލަ އިސްތިއުނާފަށް ހުށައަޅާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު