ކުޑަގިރި ޕިކްނިކް އައިލެންޑާއި ގުޅޭ އެންމެ ފަހުގެ މަޢޫލޫމާތު ލިބޭ އެޕްލިކޭޝަނެއް އެޗްޑީސީން ލޯންޗްކޮށްފި އެވެ.
އެޗްޑީސީން ބުނީ ކުޑަގިރި ބުކިންގްއަށް ހުޅުވާލެވިފައި ނުވި ކަމުގައި ވިއަސް ޑައުންލޯޑްކޮށް އަވަހަށް ރަޖިސްޓްރީކޮށްގެން މި އެޕްލިކޭޝަން މެދުވެރިކޮށް ކުޑަގިރިއާ ބެހޭ އެންމެ ފަހުގެ މަޢޫލޫމާތު ލިބޭނެ ކަމަށެވެ.
މި މަހުގެ 11 ގައި ކުޑަގިރި ހުޅުވަން ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިއްމާފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް ކުޑަގިރީގައި ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކި ކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު ދެވޭނެ ކަމަށެވެ. މީގެއިތުރުން ޑައިވިން އަދި ވޯޓަރސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ޓުއަރިސްޓުންނަށްވެސް އެ ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ހަމަޖައްސައިފައިވާއިރު އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފަ އެވެ.
ކުޑަގިރީގައި ޤާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރ އަދި ވޯޓަރ ސްޕޯޓްސް ސެންޓަރ ހިމެނެއެެވެ.
މީގެ އިތުރުން އެޑްމިން ބިލްޑިންގ އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް މި ރަށުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާއިރު ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ވިއްކުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މާލެއިންނާއި ހުޅުމާލެއިން ފުރައިގެން 15 މިނެޓުން ކުޑަގިރިއަށް ދެވޭނެ އިންތިޒާމް އެޗްޑީސީން ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު