ބައެއް ފަރާތްތަކުން އިންތިހާބެއް ސައްހަކަމަށް ބަލަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މޮޅުވުމުން އެކަނިކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
ނިމިގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިހަށް ތާއީދުކުރެއްވި ޝަރީފް ވިދާޅުވީ ނަޝީދުގެ ސަޕޯޓަރުން ގަބޫލުކުރަނީ ހެޔޮވެރިކަމެއް ކޮށްދެވޭނީ ހަމައެކަނި ނަޝީދަށްކަމަށެވެ. އަދި އެ މީހުން އިންތިހާބެއް ސައްހަކަމަށް ބަލަނީ ނަޝީދު މޮޅުވުމުންއެކަނި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ނަޝީދާއި އޭނާގެ ސަޕޯޓަރުންނަކީ ސިޔާސީ ބަހުސް ހަޖަމްކުރެވޭ ބައެއް ނޫންކަމަށާއި އެ މީހުންނަކީ ފިތުނައާއި ދޮގު ފަތުރާ ބައެއްކަމަށެވެ. އަދި އެމީހުންގެ މަގުސަދަކީ ޕާޓީ ހަލާކުކޮށްލުންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ 18 އަހަރު ވަންދެން ޕާޓީގެ ކޮންޓްރޯލް އޮތުމަށްފަހު އެ ގެއްލުމުން ނަޝީދަށް ވާނެ ގޮތް އޭނާއަށް އިހުސާސްކުރެއްވޭ ކަމަށެވެ. ނަމަވެސް މައްސަލައަކީ ޕާޓީއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ހެޔޮކަމަށް ވަރިހަމަވެގެން ނަޝީދު މަސައްކަތްކުރުންވކަމަށް ޝަރީފް ވިދާޅުވިއެވެ.
ޕާޓީގެ ތެރޭގައި ނަޝީދު ފައްޓަވާފައިވާ ފިކުރެއްގެ ދިރުން ހަރަކާތަށް އިޝާރާތްކުރައްވައި ޝަރީފް ވިދާޅުވީ އެއީ ޕާޓީ ބައިބައިކުރަން ފަށާފައިވާ މަސައްކަތެއްކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ޕާޓީތެރެ ބައިބައިވެފައިވާއިރު އެކަމާއި ގުޅިގެން ޕާޓީގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އަދި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީގެ ތެރޭގައި މިހާ ބޮޑު ބައިބައިވުމެއް އުފެދުނު ފުރަތަމަ ފަހަރެވެ.

RN n his hardcore fans believe he is the only leader capable of good govt n refuse the legitimacy of an election unless he wins.RN n his supporters decline to engage in any rational debate about political issues but engage in lot of lies.Their actions r aimed at destroying MDP
— Ibrahim Shareef (@AdduShareef) February 3, 2023
ޝަރީފް ވިދާޅުވީ 18 އަހަރު ވަންދެން ޕާޓީގެ ކޮންޓްރޯލް އޮތުމަށްފަހު އެ ގެއްލުމުން ނަޝީދަށް ވާނެ ގޮތް އޭނާއަށް އިހުސާސްކުރެއްވޭ ކަމަށެވެ. ނަމަވެސް މައްސަލައަކީ ޕާޓީއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ހެޔޮކަމަށް ވަރިހަމަވެގެން ނަޝީދު މަސައްކަތްކުރުންވކަމަށް ޝަރީފް ވިދާޅުވިއެވެ.
ޕާޓީގެ ތެރޭގައި ނަޝީދު ފައްޓަވާފައިވާ ފިކުރެއްގެ ދިރުން ހަރަކާތަށް އިޝާރާތްކުރައްވައި ޝަރީފް ވިދާޅުވީ އެއީ ޕާޓީ ބައިބައިކުރަން ފަށާފައިވާ މަސައްކަތެއްކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ޕާޓީތެރެ ބައިބައިވެފައިވާއިރު އެކަމާއި ގުޅިގެން ޕާޓީގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އަދި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީގެ ތެރޭގައި މިހާ ބޮޑު ބައިބައިވުމެއް އުފެދުނު ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ހިޔާލު