ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާއެކު ރިޔާސީ އިންތިހާބު ބޮޑު އަގްލަބިއްޔަތަކުން އެމްޑީޕީއަށް ކާމިޔާބުކުރެވޭނެކަމަށް އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުވެސް އަދާކުރައްވާ އަނަސް މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާންކޮށް، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަށަވަރުވުމުންނެވެ.
އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގެ ނަތީޖާ އިއުލާންކޮށްފައިވާއިރު ވަގުތީ ނަތީޖާއަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ކުރިއެކޭވެސް އެއްގޮތަށް ބޮޑު އަގްލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސާލިހެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް ވިދާޅުވީ ﷲގެ އިރާދަފުޅާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވާދަކުރަށްވައި، ބޮޑުތަނުން އިންތިހާބު ކާމިޔާބުކުރެވޭނެކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ އިއުލާންކުރިނަމަވެސް އިންތިހާބުން ބަލިވި ރައީސް ނަޝީދު ވަނީ ރައީސް ސާލިހަށް ތާއީދު ނުކުރައްވާނެކަން ހާމަކުރަށްވާފައެވެ. އަދި ފިކުރެއްގެ ދިރުން ނަމުގައި ޕާޓީގެ ތެރޭގައި ވަކި ހަރަކާތެއް ނަޝީދު ވަނީ ހިންގަވަން ފައްޓަވާފައެވެ.
ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ނަޝީދު އުޅުއްވަނީ ވަކިން ޕާޓީއެއް އުފައްދަވައިގެން ވެރިކަމަށް ވަދަކުރަށްވާށެވެ. ނަމަވެސް އެމަނިކުފާނު ވަނީ އެކަން ދޮގުކުރައްވަމާފައެވެ.

މަރުހަބާ ރައީސް @ibusolih! މާތް ﷲ ގެ އިރާދަފުޅާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވާދަކޮށް ބޮޑުތަނުން ކާމިޔާބުކުރެވޭނެ! #MDPKuriah https://t.co/0vgjD2IA11
— Anas Abdul Sattar (@anasabdulsattar) February 2, 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ އިއުލާންކުރިނަމަވެސް އިންތިހާބުން ބަލިވި ރައީސް ނަޝީދު ވަނީ ރައީސް ސާލިހަށް ތާއީދު ނުކުރައްވާނެކަން ހާމަކުރަށްވާފައެވެ. އަދި ފިކުރެއްގެ ދިރުން ނަމުގައި ޕާޓީގެ ތެރޭގައި ވަކި ހަރަކާތެއް ނަޝީދު ވަނީ ހިންގަވަން ފައްޓަވާފައެވެ.
ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ނަޝީދު އުޅުއްވަނީ ވަކިން ޕާޓީއެއް އުފައްދަވައިގެން ވެރިކަމަށް ވަދަކުރަށްވާށެވެ. ނަމަވެސް އެމަނިކުފާނު ވަނީ އެކަން ދޮގުކުރައްވަމާފައެވެ.
ކިޔުންތެރިންގެ ހިޔާލު