ޔޫރަޕްގެ ގައުމެއްކަމަށްވާ ރޮމޭނިއާއިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް އެމްޑީއޭގެ ލީޑަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް) އައްޔަންކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސިޔާމްގެ މަގާމް ރާއްޖެއިން ގަބޫލުކުރިކަމުގެ ލިޔުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސިޔާމަށް އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ޝާހިދު ވަނީ ރޮމޭނިއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް އައްޔަން ކުރެއްވުމުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
އޮނަރަރީ ކޮންސުލްގެ މަޤާމަކީ ރަމްޒީ މަޤާމެކެވެ. މި މަގާމްތަކަށް އާއްމުކޮށް އައްޔަންކުރައްވާނީ ވިޔަފާރިވެރިންނާއި ކަމުއޮށިގެންވާ ބޭފުޅުންނެވެ. މިގޮތުން ރާއްޖެއަށް އެކި ގައުމުތަކުން އޮނަރަރީ ކޮންސުލްގެ ގޮތުގައި އެތައް ދިވެހިންނެއް ވަނީ ކަނޑައަޅާފައެވެ.
ރޮމޭނިއާއިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް އެމްޑީއޭގެ ލީޑަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމް އައްޔަންކޮށްފައިވާއިރު އޭނާ ވަނީ މިދިޔަ ހަފްތާގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާ ވެސް ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
އަނެއްކޮޅުން ސިޔާމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.

It was a great pleasure to issue the Exequatur to Mr. Ahmed Siyam Mohamed (@Sun_Siyam), newly appointed Honorary Consul of #Romania to #Maldives, yesterday.
— Abdulla Shahid (@abdulla_shahid) February 2, 2023
I am confident that this appointment will contribute to expedite the ongoing cooperation between 🇲🇻 and 🇷🇴. pic.twitter.com/mKQRXX7jHy
އޮނަރަރީ ކޮންސުލްގެ މަޤާމަކީ ރަމްޒީ މަޤާމެކެވެ. މި މަގާމްތަކަށް އާއްމުކޮށް އައްޔަންކުރައްވާނީ ވިޔަފާރިވެރިންނާއި ކަމުއޮށިގެންވާ ބޭފުޅުންނެވެ. މިގޮތުން ރާއްޖެއަށް އެކި ގައުމުތަކުން އޮނަރަރީ ކޮންސުލްގެ ގޮތުގައި އެތައް ދިވެހިންނެއް ވަނީ ކަނޑައަޅާފައެވެ.
ރޮމޭނިއާއިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް އެމްޑީއޭގެ ލީޑަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމް އައްޔަންކޮށްފައިވާއިރު އޭނާ ވަނީ މިދިޔަ ހަފްތާގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާ ވެސް ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
އަނެއްކޮޅުން ސިޔާމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު