ޖަނަވަރީމަހު ރާއްޖެއަށް ރެކޯޑު ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ނިމުނު ޖަނަވަރީމަހު ރާއްޖެއަށް 172535 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނާއި އަޅާ ބަލާއިރު، 30.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ކޯވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 151552 ފަތުރުވެރިންނާއި އަޅާ ބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެކެވެ.



ނިމުނު ޖެނުއަރީމަހު ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ.

ޗައިނާގެ ފަތުރުވެރިންވެސް ރާއްޖެއަށް އަންނަން ފަށާފައިވާއިރު، މިކަމުގެ ސަބަބުންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ޗައިނާއަކީ ރާއްޖެއަށް މިހާރު 8 ވަނަ އަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 36 އެއަރލައިނަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ.

މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.



ކިޔުންތެރިންގެ ހިޔާލު