ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށް ދުނިޔޭގެ މެރިޓައިމް ޔުނިވާސިޓީއާއެކު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.
އޮންލައިންކޮށް މިއަދު ކުރިޔަށްގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރުކޯސްތައް ހިންގައި ދޭނެކަމަށް ދުނިޔޭގެ މެރިޓައިމް ޔުނިވާސިޓީގެ ފަރާތުން ވަނީ ބުނެފައެވެ.
އެގޮތުން އީ-ލާނިން ޕްލެޓްފޯމް ބޭނުންކުރެވޭނެގޮތަށް ކަންކަން ހަމަޖައްސައި ދިނުމާއެކު ވާލްޑް މެރިޓައިމް ޔުނިވާސިޓީން ކުރިޔަށް ގެންދާ 50 ހަށްވުރެ ގިނަ ކުރު ކޯސްތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ ކުރު ކޯސްތައް ހިންގުމަށް ކަމުގެ ތަޖްރިބާކާރު ބޭފުޅުން ފޮނުވައި ދޭނެކަން އެ ޔުނިވާސީޓީގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.
މިހާރުވެސް އެ ޔުނިވާސިޓީގައި ދިވެހިރާއްޖޭގެ 2 ދަރިވަރަކު ކިޔަވަމުންދާކަން ފާހަގަކުރަމުން އެ ޔުނިވާސިޓީން ވަނީ ކުރިޔަށް އޮތްތާގައި ޕޯސްޓް ގްރެޖުއޭޓް ކޯސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަން ވެސް ފާހަގަކޮށްފައެވެ.
މިއަދުގެ މަޝްވަރާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރު އައިޝަތު ނަހުލާ އާއި ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް އަނީ އަދި ކަމާބެހޭ އިސް ބޭފުޅުންނެވެ.
ދުނިޔޭގެ މެރިޓައިމް ޔުނިވާސިޓީގެ ފަރާތުން މި މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވީ އެ ޔުނިވާސިޓީގެ ރައީސް ޑރ. ކްލިއޯޕެޓްރާ ޑޮމްބިއާ ހެންރީ އަދި ނައިބު ރައީސު ޕްރޮފެސަރ މާޝުއޯއެވެ.
ސްވިޑެންގައި ގާއިމުކޮށްފައި ހުންނަ މި ޔުނިވާސިޓީ އަކީ، 1980 ގެ އަހަރުތަކުގެ ކުރީކޮޅު، ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި، ގާބިލު، ކަނޑާއިގުޅޭ މަތީ ތައުލީމާއި ތަޖުރިބާކާރުންގެ ދަތިކަން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ތެރޭގައި ހުރިކަން ފާހަގަކުރެވުމާއި ގުޅިން 1983 ވަނަ އަހަރު އައިއެމްއޯއިން އުފެއްދި ޔުނިވާސިޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު