ކުރީގެ ރައީސް ޔާމީން ޢަބްދުލް ގައްޔޫމް އެދިވަޑައިގަންނަވަނީ، ގައުމުގެ މިނިވަންކަމަށްޓަކައި އެންމެ ފަހުނޭވާއާއި ހަމައަށް ވެސް މަސައްކަތް ކޮށްދިނުމަށްކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެއެވެ.
ޢަބްދުއް ރަހީމް މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރު ވުމަށާއި ރައީސް ޔާމީން ޖަލުން މިނިވަން ކުރުމުގެ މަސައްކަތްތައް ފުޅާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ބާއްވާ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އިދިކޮޅުން ފަށާފައިވާ "ހޯޕް ކޮންފަރެންސް" ގައި ވާހަކަ ދައްކަވަމުންނެވެ.
ކޮންފަރެންސްގެ ބައިވެރިންނާއި ވާހަކަ ދައްކަވަމުން އަބްދުއް ރަހީމްވަނީ ރައީސް ޔާމީންގެ ހާއްސަ އެދިވަޑައިގަތުމެއް އެމަނިކުފާނުގެ ބައިވެރިންނަށް ހިއްސާ ކޮށްދެއްވާފައެވެ.
އަބްދުއް ރަހީމް ވިދާޅުވީ، ރައީސް ޔާމީން އެދިވަޑައިގަންނަވަނީ ޔާމީންގެ ސަޕޯޓަރުންނާއި ދިވެހި އެންމެހާ ރައްޔިތުންވެސް މާޔޫސް ނުވުމަށްކަމަށެވެ. އަދި ދިވެހި ގައުމު އަޅުވެތިކަމުގެ ތެރެއަށް ދިޔުމަށް އާނއެކޭ ނުބުނުމަށާއި މި ގައުމުގެ ބިންތަކާ ފަޅުތަކާ ފަރުތަކާ ހަރުމުދާ، ދިވެހީންގެ ބާރުގެ ދަށުން ބީވެގެން ދާއިރު ބަލަން ނުތިބުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ގައުމުގެ މިނިވަންކަމަށްޓަކައި ހުރިހާ އެންމެންވެސް އެންމެފަހު ނޭވާއާއި ހަމައަށް މަސައްކަތް ކޮށްދިނުމަށް ޔާމީން އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ޔާމީން މިފަދައިން އެދިވަޑައިގެންނެވިއިރު، އެމަނިކުފާނު މިހާރު ގެންދަވަނީ ރިޝްވަތާއި މަނީލޯންޑްރީގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މިހާރު ކުރިއަށްދާ ކޮންފަރެންސްގައި ބައިވެރިންވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ހަމައެކަނި ބޭނުންވަނީ ރައީސް ޔާމީންކަމަށް ބުނެ އެކަން އިއްވާފައެވެ.
ޕީޕީއެމް، ޕީއެންސީގެ ދާއިރާތަކުގެ ސްޓިއަރިން ކޮމެޓީތަކާއި، ކައުންސިލަރުންނާއި ސެނެޓަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން ވެސް ބައިވެރިވާގޮތަށް މިއަދުފެށި މި ކޮންފަރެންސް ކުރިއަށްދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ.

ކިޔުންތެރިންގެ ހިޔާލު