ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވިނަރެސް ގެ ނަމުގައި އިމާރާތް ކުރަމުންދާ ފުލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފިއެވެ.
ފުލެޓްލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފައި މިވަނީ ވަގުތީ ލިސްޓް މިދިޔަ ނޮވެންބަރު މަސްތެރޭ އާންމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް ދިގު މުއްދަތެއް ދިނުމަށްފަހުއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ލިސްޓުގައި ގުޅީފަޅުން ކުރިން ދޫކުރި ފްލެޓްތައް ލިބުނު މީހުންނާއި، ސީލައިފުން ހަދަން އުޅުނު ފްލެޓަށް ފައިސާ ދެއްކި މީހުންނާއި، ހިޔާ ފްލެޓް ދޫކޮށްލި މީހުން ހިމެނިފައި ނުވާނެކަމަށެވެ.
މިއަދު އާންމުކުރި ލިސްޓްގައި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެކަމަކު މާލޭގައި ރަޖިސްޓްރީވެފައި ނުވާ މީހުންގެ ކެޓަގަރީއާއި ރަޖިސްޓްރީވިތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަގަރީގައި ހިމެނިގެން ޖުމުލަ 1361 މީހަކަށް ފުލެޓް ލިބޭނެކަމަށް ލިސްޓްކޮށްފައިވެއެވެ.
ކުރީ ސަރުކާރުގައި އިމާރާތް ކުރަން ފެށި ވިނަރެސް ހައުސިން މަޝްރޫއުގައި ހިމެނެނީ 10 ޓަވަރެވެ. އެއީ ޖުމްލަ 1344 ހައުސިންގ ޔުނިޓެވެ. މި ޕްރޮޖެކްޓްގައި ހިމެނޭ ހައުސިންގ ޔުނިޓްތަކުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ މުޅިންހެން ނިމިފައެވެ. މިއީ މުޅިންވެސް 3 ކޮޓަރިއާއި 3 ފާހާނާ ހިމެނޭ ފްލެޓްތަކެކެވެ.

ވިނަރެސް މަޝްރޫއިން އެފާރޓްމަންޓް ގަތުމަށްއެދި ފޯމު ހުށަހެޅި ފަރާތްތަކުގެ މުރާޖާ ކޮށްފައިވާ ލިސްޓު އާންމުކުރުން
— HDC (@hdcmaldives) February 2, 2023
ލިންކް: https://t.co/XJGf2FhIgj
ކުރީ ސަރުކާރުގައި އިމާރާތް ކުރަން ފެށި ވިނަރެސް ހައުސިން މަޝްރޫއުގައި ހިމެނެނީ 10 ޓަވަރެވެ. އެއީ ޖުމްލަ 1344 ހައުސިންގ ޔުނިޓެވެ. މި ޕްރޮޖެކްޓްގައި ހިމެނޭ ހައުސިންގ ޔުނިޓްތަކުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ މުޅިންހެން ނިމިފައެވެ. މިއީ މުޅިންވެސް 3 ކޮޓަރިއާއި 3 ފާހާނާ ހިމެނޭ ފްލެޓްތަކެކެވެ.
ކިޔުންތެރިންގެ ހިޔާލު