ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ރައީސް އައްޔަނު ކުރައްވާފައި ތިބޭ ފަރާތްތަކުން، ސަރުކާރު ބަދަލުކުރަން ގޮވާލާ ކެމްޕޭނެއްގައި އުޅެވިގެންވާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ވިދާޅުވީ، ސަރުކާރު ބަދަލު ކުރަން މަސައްކަތް ކުރާނެކަމަށް ބުނަމުންދާ ކެމްޕޭނެއްގައި ސީދާ ރައީސް އައްޔަނު ކުރައްވާފައިވަ ބޭފުޅުންނަށް މަސައްކަތް ކުރެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ރައީސް ކަނޑައަޅުއްވާ ސިޔާސަތުތައް އެފަދަ ފަރާތްތަކުން ތަންފީޒު ނުކުރާނެކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަން އުފެދިފައިވަނިކޮށް މިދިޔަމަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު، އެމަނިކުފާނަށް ތާއީދުކުރާ މެންބަރުން ހިމެނޭހެން ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރައްވަން ފައްޓަވާފައިވަނިކޮށެވެ. ރައީސް ޞާލިޙް އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމުތަކުގަަޖ ތިއްބެވި ބައެއް މީހުން ވެސް ދަނީ ނަޝީދުގެ އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ.



ޕްރައިމަރީގެ ކެމްޕޭންގެ ތެރޭގައި، މި ސަރުކާރުގެ އަގުވެއްޓޭފަދަ ގިނަ ބަސްތަކެއް ނަޝީދު ވިދާޅުވެފައިވާއިރު މި ސަރުކާރު ބަދަލުކުރުމަށްވެސް އެމަނިކުނު ގެންދެވީ ގޮވާލައްވަމުންނެވެ. ނަމަވެސް ނަޝީދުގެ ފަހަތްޕުޅުގައި މި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އެމްޑީންވެސް ވަނީ ބައިވެރިވެފައެވެ. އަދި އޭގެ ސަބަބުން އެނގިގެންދަނީ އެމްޑީޕީގެ ސަރުކާރުގައި އޮތް މިނިވަންކަން ކަމަށް ސަރުކާރު ފަޅީގެ ބޭފުޅުން ބައެއްފަހަރު ވިދާޅުވިނަމަވެސް، ރައީސް ޞާލިޙް ވެސް ކެމްޕޭންތެރޭގައި ވަނީ ނުސީދާކޮށް އެފަދަ ފަރާތްތަކަށް އިންޒާރެއް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު