އިންޑިއާގައި އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިއްޖެއެވެ.
ކ. ތުލުސްދޫއަށް ނިސްބަތްވާ 35 އަހަރުގެ ޒުވާނެއް ކަމަށްވާ މުހައްމަދު މަހުދީ ގެއްލިގެން ހޯދަމުންދާކަމަށް އިއްޔެ އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.
އާއިލާއިން ބުނެފައިވަނީ މަހުދީ އިންޑިއާއަށް ދިޔައީ އޭނާގެ ހުންނަ ސިއްހީ މައްސަލައާއި ގުޅިގެން އިތުރުފަރުވާއަށް އިންޑިއާއަށް ދިއުމަށް ރާއްޖޭގެ ޑޮކްޓަރުން ލަފާ ދިނުމުން ކަމަށެވެ.
އޭނާގެ އާއިލާގެ މެންބަރަކު މިއަދު ބުނީ، މަހުދީ ފެނިއްޖެކަމަށް އިންޑިއާ ފުލުހުން އާއިލާއަށް އަންގާފައިވާކަމަށެވެ. އެހެންކަމުން މިހާރު އޭނާގެ ބައްޕަ އޭނާއާއި ބައްދަލު ކުރުމަށް ދަތުރު ކުރަމުން ދާކަމަށް ވަނީ ބުނެފައެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު