މާލެ ސިޓީ ކައުންސިލުން މަގު ކޮނުމާއި ޖަންކްޝަންތައް ނަގައިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އުސޫލުތައް ބާތިލްކުރަން ސްޓެކްކޯއިން ކޯޓަށް ހުށަހަޅައިފިއެވެ.

ސްޓެލްކޯއިން ބުނީ ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭ ސިޓީ ކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލް ކުރުމަށް މިއަދު ހައިކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

ސްޓެލްކޯއިން ބުނީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައިކަމަށެވެ.

ސްޓެލްކޯއިން ބުނީ މި މައްސަލައާއިމެދު ވަކި ގޮތެއް ކަނޑައަޅާ ނިމެންދެން އެ ދެ އުސޫލަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށްވެސް ހައިކޯޓުގައި އެދިފައިވާކަމަށެވެ.

މަގު ކޮނުމާއި ޖަންކްޝަންތަކުގެ މަތި ނަގައިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ހެދި އުސޫލުގައި ހުރި މައްސަލަތައް ސްޓެލްކޯއިން ފާހަގަކުރީ އިއްޔެއެވެ.

ސްޓެކްކޯއިން ބުނީ މިފަދަ އުސޫލެއް ހަދާއިރު ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރަންޖެހޭއިރު އެފަދަ އެއްވެސް މަޝްވަރާއެއް، އެއްވެސް ބަޔަކާއެކު ކޮށްފައިނުވާކަމަށެވެ. އަދި މަޝްވަރާކުރަން ފޮނުވި ސިޓީތަކަށް ސިޓީ ކައުންސިލުން ޖަވާބު ނުދޭކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ޝަރީފް ވިދާޅުވީ މިއީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް އެކުލަވާލާފައިވާ އުސޫލެއްކަމަށެވެ.

ޝަރީފް ވަނީ މިކަހަލަ އުސޫލުތައް ހެއްދެވުމުގައި ރައްޔިތުންނަށް އެއްވެސް ކަހަލަ މާލީ ބުރައެއް އުފުލަންޖެހޭނަމަ އެކަން ކުރަން އެކަށީގެންވާ މުއްދަތެއް ދިނުމަށް ސިޓީ ކައުންސިލަށް ގޮވާލައްވާފައެވެ. އަދި ގާނޫނީ ހަމަތަކުގެ މަތިން، ކުރިއަރާފައިވާ މުޖްތަމައުަތަކުގައި މިފަދަ ކަންކަން ކުރާ ގޮތަށް އަމަލުކުރެއްވުމަށްވެސް ޝަރީފް ވަނީ ސިޓީ ކައުންސިލަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު