މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ހާއްސަކޮށްގެން ސަރުކާރުން ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް މިމަހުގެ 10 ވަނަ ދުވަހު ހުޅުވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ޕިކްނިކް އައިލެންޑް ތަރައްޤީކޮށްފައިވަނީ މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެންނެވެ. އަދި ރަށާ އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއްވެސް ވަނީ ހަދާފައެވެ. މިއީ މާލެއިން ލޯންޗުގައި 10 ވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި ހަދާފައިވާ ރަށެކެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ މިނިވަންދުވަހާއި ދިމާކޮށެވެ. ނަމަވެސް އެކަން ފަސްކުރީ އެތަން ފެހި ކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށްގެންދިއުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މިމަހުގެ 11 ވަނަ ދުވަހު ކުޑަގިރި ހުޅުވާނެކަމަށެވެ. އަދި ކުޑަގިރި ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
ކުޑަގިރި ތަރައްގީ ކޮށްފައިވަނީ ސަރުކާރުގެ ގިނަ ކުންފުނިތަކެއް ގުޅިގެން ކުރި މަސައްކަތުންނެވެ. އޭގެ ތެރޭގައި އެމްޓިސީސީ، އެޗްޑީސީ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު