އަހުމަދު މަސްނޫމް   2 ފެބްރުއަރީ 2023 - 13:5
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދު ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި އެ ޤައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނަ އަދި އެ ޤައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީއާ ބައްދަލުކުރައްވާނެއެވެ.



މީގެއިތުރުން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ ޤައުމުގައި އުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ނިންމާފައެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލް، ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު