މަތިވެރިން ގެއްލުނު މީހާ ހޯދަން އެ ރަށު ފަޅުތެރެއާއި ރަށާއި ކައިރި ސަރަހައްދުތައް ބަލަން ފަށައިފިއެވެ.

އއ. މަތިވެރިން އަންގާރަދުވަހު ގެއްލިފައިވަނީ އާއްމުކޮށް ދާ އަޅައިގެން މަސް ހިފަން ގޮސް އުޅޭ އުމުރުން 73 އަހަރުގެ ހަސަން އަލީ (ހަސަންފުޅު) އެވެ.

މިހާރު އުމުރުން 73 އަހަރުގެ ހަސަންފުޅު އެންމެ ފަހުން ފެނިފައި ވަނީ އަންގާރަދުވަހުގެ ރޭގެ މަޣުރިބް ނަމާދުން ފޭބިވަގުތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސަންފުޅު ހޯދުމަށް ރަށުގެ ހުރިހާ ސަަރަހައްދެއް ވަނީ ބަލާފައެވެ. އަދި ރަށުގެ ރައްޔިތުންނާއި ކޯސްޓްގާޑުގެ އެހީގައި ރަށު ފަޅުތެރެއާއި ރަށާއި ކައިރި ސަރަހައްދުތައް ބަލަން ފަށާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހަސަންގެ ސިއްޙީ މައްސަލައެއް ހުންނަކަން އެނގިފައިނުވާކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުން ކުރަމުން އަންނަ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ، މަތިވެރިން 73 އަހަރުގެ ފިރިހެނަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް އިއްޔެ ހެދުނު 09:37 ހާއިރު ލިބިފައިވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންވެސް ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު