އައްޑޫ ސިޓީން ދޫކުރަން އިއުލާންކުރި ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އައްޑޫގެ 4 ރަށަކުން ހާހެއްހާ ގޯތި ދޫކުރުމަށް އިއުލާނުކޮށްފައިވަނީީ މިދިޔަ ޖެނުއަރީ މަހުއެވެ. މިފަހަރު ގޯތި ދޫކުރަނީ އައްޑޫ ސިޓީ ހުޅުދޫއާއި މީދޫ އަދި ފޭދޫއާއި ހިތަދޫއިންނެވެ.
ސިޓީ ކައުންސިލުން ހުޅުވާލާފައިވަނީ އައްޑޫ މީދުއިން 100 ގޯތި، ހުޅުދުއިން 100 ގޯތި އަދި ފޭދޫއިން 300 ބަންޑަރަ ގޯއްޗާއި ހިތަދޫއިން 400އެއްހާ ގޯއްޗެވެ،
އައްޑޫ ސިޓީ ކައުންސިލުން ބުނީ ނެރެފައިވާ އިއުލާނާއި އެއްގޮތަށް މިއަދުން ފެށިގެން ހުޅުދުއާއި މީދުއާއި ފޭދޫގެ ގޯއްޗަށް އެދޭ ފަރާތްތަކަށް ފޯމު ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. މި 3 ރަށުގެ ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 28 އަށެވެ. އަދި ހިތަދޫގެ ގޯތިތަކަށް ފޯމް ހުށަހަޅަން ހުޅުވާލާނީ މިމަހުގެ 5 ދުވަހުކަމަށްވެސް ކައުންސިލުން ބުނެއެވެ.
ފޯމު ހުށައަޅަން ހުޅުވާލާފައިވަ މުއްދަތުގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން، 13:00އާއި ހަމައަށް އަވަށު އޮފީސްތަކުން ފޯމު ބަލައިގަންނާނެއެވެ.
ގޯތި ދޫކުރުމަށް ނިންމި ނިންމުން އުވާލާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރުތަކެއް ފަތުރާފައިވީނަމަވެސް ސިޓީ ކައުންސިލުން ވަނީ އެކަން ދޮގުކޮށްފައެވެ. ނަމަވެސް ރައްޔިތުންނަށް އޮޅުން އަރާ ކަންތައްތަކެއް ހުރުމުގެ ސަބަބުން، ގޯއްޗަށް ހުށައަޅާ ފޯމަށް ބައެއް ބަދަލުތައް ގެންނަންޖެހުނުކަމަށް ކައުންސިލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު