އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ބޭރުކޮށްލަން އެ ޕާޓީގެ ހަރަކާތްތަކުގައި މިހާރު އިސްކޮށް އުޅުއްވާ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ގޮވާލައްވައިފިއެވެ.

މޫސަ މިކަމަށް ގޮވާލެއްވީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު ވަކި ހަރަކާތެއް ފަށްޓަވައިގެން އުޅުއްވާތީއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ ރައީސަކަށް ހުންނަވައިގެން ނަޝީދު ވަނީ ޕާޓީގެ މެމްބަރުންތަކެއްގެ ބޮލަށް އެރިގެން މުޅި އުމުރަށް މުސާރަ ލިބޭނެ މަޤާމެއް ހޯއްދަވާފައިކަމަށެވެ. އަދި މިހާރު ނަޝީދުގެ ބޭނުމަކީ މަޖްލިސްގެ ރައީސްކަމުން ދުރުކޮށްފާނެތީ ތިމަންނާގެ ފަހަތުގައި ޕާޓީގެ މެމްބަރުން ތިބިކަން ދެއްކުންތޯވެސް މޫސަ ސުވާލުކުރެއްވިއެވެ.

މޫސަ ވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރަން ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ގޮވާލައްވާފައެވެ.



އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުން ނަމުގައި ގޮފިތަކެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ގޮފިތައް ހަދައިގެން ކޮންގްރެސްއަކަށް ގޮވާލުމަށް ނަޝީދު މަސައްކަތް ކުރަމުންދާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނު ޕާޓީން ވަކިވެވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް ރައީސް ސާލިހަށް ތާއީދު ނުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު