ކުރީ ސަރުކާރުގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓު މެދުވެރިކޮށް ގެންނަން އުޅުނު "ބަޣާވާތުގެ" އިންކުއަރީއެއް ހަދަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝާރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުންވަނީ ރައީސް ޔާމިންގެ ސަރުކާރުން ސިޔާސީ އެކި ތުހުމަތު ތަކުގައި އޭރު ޖަލުގައި ހައްޔަރުކޮށްފައި ތިއްބެވި ބޭފުޅުންނާއި އެފަދަ މައްސަލަ ތަކުގައި ހުކުމް ކޮށްފައި ތިއްބެވި ގިނަ ސިޔާސީ ބޭފުޅުން އެއްފަހަރާ ދޫކޮށްލަން އަމުރެއް ނެރެފައެވެ. އެ އަމުރު ޔާމީން މާނަކުރެއްވީ ބަޣާވާތެއްގެ ގޮތުގައެވެ. އަދި އެއީ ފަނޑިޔާރުން ބޮޑެތި އަދަދުތަކުން ރިޝްވަތު ނަގައިގެން ކުރިކަމެއްކަމުގެ ދައުވާ އުފުލިއެވެ. އެ ހަލަބޮލި ހާލަތު ޔާމީން ކޮންޓްރޯލް ކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައިގެނެވެ.
އެ ދުވަހުގެ އެ އަމުރަށް މިއަދު 5 އަހަރު ވެފައިވާއިރު އެ ދުވަހުގެ ހަނދާން އާކުރަށްވަމުން އޭރު ދިފާޢީ ވަޒީރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފް މިއަދު ވިދާޅުވީ، އެ ދުވަހު ސުޕްރީމް ކޯޓު މެދުވެރިކޮށް ގެންނަން އުޅުނު ބަޣާވާތަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ މުސްތަޤިއްލުކަން ކުޑަކަމާއި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން އެ ނިޒާމުގެ ތެރެއިން ކުރެވިދާނެކަން އެނގިގެން ދިޔަ ދުވަހެއްކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން އެދުވަހު ގެންނަން އުޅުނު "ބަޣާވާތުގެ" އިންކުއަރީއެއް ދެން އަންނަ ދައުރެއްގައި ހަދަންޖެހޭކަމަށް އޭނާވަނީ ވިދާޅުވެފައެވެ.
އެ ތާރީހީ ދުވަހުގެ ހަނދާން އާކުރަމުން ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ އެކި ފަރާތްތަކުން ވެސް ދަނީ އެދުވަހު ސުޕްރީމް ކޯޓުން އަމަލުކުރި ގޮތަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތަސައްވުރު ކިލަނބުކޮށްލި ކަމެއްކަމަށް ބުނަމުންނެވެ. އެގޮތަށް ހިޔާލު ފާޅުކުރި ބޭފުޅުންގެ ތެރޭގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު ފާހަގަ ކޮށްލެވެއެވެ.

2018 Feb 1 gai Supreme Court in gennan ulhunu baghaavaathakee Raajjeyge sharuee nizaamuge musthaqillukan kudakamaai qaumee salaamathah nurakkaa vaafadha kankan e nizaamuge therein kurevidhaanekan engunu kameh! SC in gennan ulhunu baghaavaathuge inquiry eh anna dhauru hadhanjehey!
— Adam Shareef Umar (@Adamshareefz) February 1, 2023
އެ ތާރީހީ ދުވަހުގެ ހަނދާން އާކުރަމުން ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ އެކި ފަރާތްތަކުން ވެސް ދަނީ އެދުވަހު ސުޕްރީމް ކޯޓުން އަމަލުކުރި ގޮތަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތަސައްވުރު ކިލަނބުކޮށްލި ކަމެއްކަމަށް ބުނަމުންނެވެ. އެގޮތަށް ހިޔާލު ފާޅުކުރި ބޭފުޅުންގެ ތެރޭގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު