ސްނޯކްލިންގައި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހި އެމީހާ މަރުވި ހާދިސާއާއި ގުޅިގެން ޑިންގީ ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލާގައި ޑިންގީ ދުއްވަން ހުރި އުމުރުން 45 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރިކަމަށާއި އަދި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަކަށް ގޭބަންދު ކުރުމަށް އަމުރު ކޮށްފައިވާކަމަށެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކޮށް ގޭބަންދު ކުރިނަމަވެސް އޭނާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިހާދިސާ އަކީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ތުލުސްދޫއާއި ކުޑަ ވިލިނގިއްޔާ ދެމެދު އޮންނަ ކަނޑު އޮޅީގެ މެދެއްހާ ހިސާބު މޫދުގައި ސްޕޭންގެ ފަތުރުވެރިންތަކެއް ސްނޯކްލިންގައި އުޅެނިކޮށް އެ މީހުން ކައިރިން ޑިންގީއެއް ދުއްވާފައި ދަނިކޮށް އޭގެތެރެއިން ފަތުރުވެރިއެއްގެ ގައިގައި ޖެހި އޭނާގެ ގައިމަތިން ޑިންގީ ދިޔުމުގެ ސަބަބުން ހިނގި ނުރައްކާތެރި ހާދިސާއެކެވެ.



ކިޔުންތެރިންގެ ހިޔާލު