ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް, އޭޝިއަން ފުޓްބޯޅަ ކޮންފަޑަރޭޝަން (އޭއެފްސީ) ގެ އެގްޒެކްޓިވް ކޮމިޓީއަށް އިންތިހާބުކޮށްފިއެވެ.

ބައްސާމް އެކްސްކޯގެ މެންބަރުކަމަށް ހޮވިފައިވަނީ ބަހްރެއިންގައި މިއަދު ކުރިއަށްދިޔަ އިންތިހާބުގައި 47 ގައުމެއްގެ މަންދޫބުންނާ ވާދަކުރަށްވައިގެންނެވެ.

އަލަށް އިންތިހާބުވި އެ މަގާމުގެ މުއްދަތަކީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ.

މިއަދު ބޭއްވި ކޮންގްރެސްގައި އޭއެފްސީގެ ރައީސަކާއި ފަސް ޒޯނަކަށް ބަހާލައިގެން އޭއެފްސީގެ ނައިބު ރައީސުންނާއި ފީފާގެ ހަ ކައުންސިލް މެމްބަރުން އިންތިހާބު ކުރާނެއެވެ.

އޭގެ އިތުރުން އޭއެފްސީ އަންހެން އެގްޒެކްޓިވް ކޮމިޓީއަށް ފަސް މެމްބަރުން އިންތިހާބު ކުރުންވެސް މިއަދު އޮންނާނެއެވެ.

މިހާރު ކުރިއަށްދާ ކޮންގްރެސްގައި ފީފާގެ ރައީސްގެ އިތުރުން ފުޓްބޯޅައިގެ ދާއިރާގެ ދުނިޔޭގެ ފެންވަރުގެ ފާހަގަ ކޮށްލެވޭ ފަރާތްތައް ދަނީ ބައިވެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު