ގައުމީ ބެންކުގެ ނަމުގައި ހިންގާ ބެންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރައްޔިތުންގެ ޑޮލަރު އެކައުންޓްތަކުން މުއާމަލާތް ކުރުމުގައި ގެންގުޅެމުންއައި ފިއްތުންތަކަށް ލުއެއްދީ މަހެއްގެ މައްޗަށް އޭޓީއެމް މެދުވެރިކޮށް ނެގޭ ޑޮލަރުގެ ލިމިޓު އުވާލައިފިއެވެ.

ބީއެމްއެލުން މީގެކުރިން ހަމަޖައްސާފައި އޮތްގޮތުން މަހެއްގެ މައްޗަށް ޑޮލަރު އެކައުންޓުން ނެގޭނީ 2،000 ޑޮލަރެވެ.

ގިނަ ދުވަސްތަކަކަށްފަހު ބީއެމްއެލުން ބުނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ޑޮލަރު އޭޓީއެމްތަކުން ދުވާލެއްގެ މައްޗަށް 1600 ޑޮލަރާ ހަމައަށް ނެގޭނެ ކަމަށެވެ. އަދި ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ޑޮލަރު އެކައުންޓް ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

މީގެއިތުރުނާ ޑޮލަރު އެކައުންޓުން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތްވެސް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ޑޮލަރު ލިމިޓް އުވާލާފައި މިވަނީ ރައްޔިތުންެގެ ތެރެއިން ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކުރާތާ އެތައް ދުވަހެއްވީފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު