އަހުމަދު މަސްނޫމް   1 ފެބްރުއަރީ 2023 - 9:29
ބ.ކަމަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ތާވަލުކުރެވިފައިވާ ގޮތަށް ބާރަށް ކުރިއަށްދާކަމަށް އެމްޓިސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ. އަދި، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ފުރިހަމަކުރެވިފައިކަމަށްވެސް އެމްޓިސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އައު ހާބަރ ބޭސިން ފުންކުރުމުގެ ވޭރިއޭޝަން މަސައްކަތުގެ 92 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައެވެ.



މި މަޝްރޫޢުގެ ދަށުން، 30،933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 5،085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޗެނަލް ފުންކުރުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 392 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ސްކޯރިންގ އޭޕްރަންއެއް ހެދުމާއި، ބަނދަރު އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 53.6 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށްވެސް އެމްޓިސީސީން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު