ހަތިޔާރާއިއެކު އެމްއެންޑީއެފް ސިފައިންގެ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި، އެމްއެންޑީއެފް ގުޅިގެން އަސްކަރީ ތަމްރީނުތަކެއް މިފެށޭ ފެބްރުއަރީ މަހުގެ 1 އިން 9 ވަނަ ދުވަހަށް މާލޭގައި ކުރިޔަށްދާނެ ކަމަށެވެ.

އަދި ހުޅުމާލެ ފޭސް 01 އަދި 02 ގެ އެކިއެކި ސަރަހައްދުތަކުގައި ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި މިހަރަކާތްތަކުގައި ރަށު ތެރޭގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާނެކަމަށް ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ހަތިޔާރާއެކު ސިފައިން ތަމްރީނުތަކެއް ބާއްވަން ތައްޔާރުވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް މި ތަމްރީނު ތަކުގައި ގެންގުޅޭނީ ކޮންކަހަލަ ހަތިޔާރު ތަކެއްކަމެއް އަދި ހަތިޔާރު ބޭނުން ކުރާނީ ކޮން ގޮތަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު