ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ ދިވެއްސަކު ގެއްލިގެން އާއިލާއިން ހޯދަން ފަށައިފިއެވެ.
އޭނާގެ އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ ކ. ތުލުސްދޫއަށް ނިސްބަތްވާ 35 އަހަރުގެ ޒުވާނެއް ކަމަށްވާ މުހައްމަދު މަހުދީއެވެ. އަދި އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއްކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.
އާއިލާއިންބުނީ، މަހުދީ އިންޑިއާއަށް ދިޔައީ އޭނާގެ ހުންނަ އެ ސިއްހީ މައްސަލައާއި ގުޅިގެން އިތުރުފަރުވާއަށް އިންޑިއާއަށް ދިއުމަށް ރާއްޖޭގެ ޑޮކްޓަރުން ލަފާ ދިނުމުން ކަމަށެވެ. އަދި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދެއްކި ކަމަށާއި އޭނާއަކީ އޭނާގެ ހުންނަ ބަލީގެ ސަބަބުން "ވައިލެންޓް" ކޮށް އުޅޭ މީހެއްކަމަށާއި އެފަދަ ކަމެއް ޑޮކްޓަރަށް ދެއްކުމުގެ ތެރޭގައި ވެސް ހިނގި ކަމަށް އާއިލާއިން ބުނެއެވެ. އަދި އޭނާގާތަށް ރުޅި އައިސްގެން މިއަދު ހެނދުނު ހޮސްޕިޓަލުން ނުކުމެގެން ދިޔަ ކަމަށާއި އޭގެފަހުން އޭނާ ހޯދާ ނުފެނިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އާއިލާއިން މިހާރުވަނީ އެ މައްސަލަ އިންޑިޔާގެ ފުލުހުންނާއި، ދިވެހި ފުލުހުން، އަދި އިންޑިއަން ހައިކޮމިޝަނާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށްވެސް ހުށަހަޅާފައެވެ.
މަހުދީއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7889180, ނުވަތަ 7971667 ނަންބަރާއި ގުޅުމަށް އޭނާގެ އާއިލާއިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު