ރާއްޖޭގައި ހިނގަމުންދާ އިއާދަކުރަނިވި ހަކަތައިގެ ބައެއް މަޝްރޫއުތައް ނިމުމުން ބައެއް ރަށްރަށުގައި ދުވާލު ޖަނަރޭޓަރު ބޭނުންކުރަންނުޖެހޭނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ސޯލަރ ޕީވީ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމާއި ގުޅޭގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިއަށްދާ އިއާދަކުރަނިވި މަޝްރޫޢުތަކުގެ މަސައްކަތް ނިމުމުން 9 ރަށެއްގައި ދުވާލު ގަޑީގައި ޖެނެރޭޓަރ ނިއްވާލެވޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިވޭތުވެދިޔަ ތަނުގައި ކުރެވުނު މަސައްކަތުން ރާއްޖޭގެ 2 ރަށެއްގައި އިޔާދަކުރަނިވި ޙަކަތަ ބޭނުންކޮށް ދުވާލުގަޑީގައި ޖެނެރޭޓަރުތައް އެއްކޮށް ނިއްވާލެވޭކަމަށެވެ. ނަމަވެސް އެ ރަށްރަށުގެ މައުލޫމާތެއް ހާމައެއް ނުކުރަށްވައެވެ.
މިނިސްޓަރ ވިދާޅުވީ މިވަގުތު ކުރިއަށްގެންދާ މަޝްރޫޢުތައް ނިމުމުން، ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ އިތުރު 9 ރަށެއްގައި ދުވާލުގެ ޕީކް ގަޑީގައި ޖަނެރޭޓަރުތައް ނިއްވާލެވޭނެކަމަށެވެ.
"ހަމައެއާއެކު ޙަކަތަ އުފެއްދޭނެ އިތުރު ވަޞީލަތްތައް ޓެސްޓު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިވަގުތު ނ.މަނަދޫގައި ވައިން ޙަކަތަ އުފެއްދުމަށް އަންނަނީ ޓެސްޓު ކުރަމުން. މައިގަނޑު ބޭނުމަކީ ޙަކަތައިގެ ދާއިރާއިން ސަބްސީޑިއަށް ކުރެވޭ ހޭދަ ކުޑަކުރުން." މިނިސްޓަރ ވިދާޅުވިއެވެ.
އިއާދަކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގަމުންދާއިރު، ދުނިޔޭގެ އެކިއެކި ޖަމުއިއްޔާތަކުން އަންނަނީ ރާއްޖެއިން ކުރާ މަސައްކަތަށް އެހީތެރިވަމުންނެވެ. އަދި މިމަޝްރޫޢުތަކަށް ބޭރުގެ އިންވެސްޓަރުންގެ ތަރުހީބުވެސް ބޮޑުކަމަށް ސަރުކާރުން ބުނެއެވެ،

ކިޔުންތެރިންގެ ހިޔާލު