ދައުލަތުން ހަކަތައަށް ކުރާ ހޭދައިން ބޮޑު ބަދަލެއް އަންނާނީ ދައުލަތުގެ ބަޖެޓަށްކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ 2 އަތޮޅެއްގައި ސޯލަރ ޕީވީ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމާއި ގުޅޭގޮތުން ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އަތޮތެރޭގެ ގިނަ ރަށްރަށުގައި ސޯލާ ޙަކަތަ އުފެއްދުމަށް މަސައްކަތްކުރާއިރު، އެކަމުގެ ފައިދާއާއި ލުއި ރައްޔިތުންނަށް ނުލިބޭކަމުގެ ޝަކުވާ އަންނަމުންދާކަމަށެވެ. އެގޮތުން ކައުންސިލްތަކާއި ޢާއްމުންގެ އެންމެ ބޮޑު ސުވާލަކީ ކައުންސިލްތަކުގެ ބަޖެޓަށް އޭގެ ސަބަބުން ލުއި ނުވާކަންކަމަށް ސައީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތުގެ ދަށުން ތެލަށް ކުރާ ހޭދައިން ބޮޑު ބަދަލު އަންނާނީ ދައުލަތުގެ ބަޖެޓަށްކަމަށާއި ކައުންސިލްތަކާއި ޢާއްމުންގެ ގޭބިސީތަކުން ކުރާ ހޭދަ ކުޑަކުރެވޭނީ ހޯމް ސޯލާ ޕްލޭން އެފަރާތްތަކުން ޤާއިމުކޮށްގެންކަމަށެވެ.
ސައީދު ވިދާޅުވީ ރާއްޖޭގައި މިހާރު ގޭގޭގެ ފުރާޅުގައާއި ކައުންސިލްތަކާއި މިސްކިތްތަކުގައި ހަރުކޮށްފައިވާ ސޯލާ ޕީވީއިން 1 މެގަވޮޓްގެ ޙަކަތަ އުފައްދަމުންދާކަމަށެވެ.
"އޭގެއިން ފެންނާނެ ޢާއްމުންގެ ޖީބަށް ލުއިވާތަން. ފެނަކައިން ކުރިއަށްގެންދާ މިޕްރޮގްރާމްގައި ބައިވެރިވުމަށް އަޅުގަނޑު އެދެން ހުރިހާ ގޭބިސީއަކާއި ކައުންސިލްތަކަކުންވެސް" ސަޢީދު ވިދާޅުވިއެވެ.
ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ގިނަ މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގަމުންދާއިރު ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި 36 މެގަވޮޓްގެ ސޯލާ ޤާއިމުކޮށް މިވަގުތު ރާއްޖޭގައި ޖުމްލަ 53 މެގަވޮޓްގެ ޙަކަތަ އިޔާދަކުރަނިވި ޙަކަތައިން އުފައްދައިގެން އަންނަނީ ބޭނުންކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު